ރަށްވެހި ތަރައްޤީގެ މަފްހޫމަކީ ރަށު އިޤްތިސާދުކަން އެހެން ޕާޓީތަކަށް އޮޅިފައި އޮންނާތީ ހައިރާނެއް ނުވޭ – މޯކީ

ރައްޔިތުން ފޮނި އުއްމީދުތަކާއެކު ހޮވާ ކައުންސިލެއްގައި ތަސައްވުރެއް އޮންނަންވާނެ ކަމަށާއި، މިލަދޫގައި ދެން އުފެދިގެން އަންނަ އޭނާވެސް ހިމެނޭ އެމްޑީޕީ ކައުންސިލް ވެގެންދާނީ މިދިޔަ 10 އަހަރުންވެސް ނުގެނެވުނު ރަށްވެހި ތަރައްޤީ ގެނެސްދޭނެ މުރާލި ކައުންސިލަކަށް ކަމަށް ސަރުކާރު ހިންގާ މައިޕާޓީ އެމް.ޑީ.ޕީ ގެ ޓިކެޓްގައި މިލަދޫ ކައުންސިލަށް ވާދަކުރާ ކެންޑިޑޭޓް ނަންބަރު 12 މުހަމައްމަދު ޙުސައިން (މޯކީ) ބުނެފިއެވެ.

ރައްވެހި ތަރައްޤީގެ މަފްހޫމަކީ ރަށު-އިޤްތިސާދު ކަންއެ ހެންޕާރޓީތަކަށް އޮޅިފައި އޮންނާތީ ހައިރާން ނުވާާ ކަމަށާއި މަސްމާރުކޭޓެއް އައުބަނދަރާއެކު ގެނެސްދެވިއްޖެނަމަ އިތުރު ވިޔަފާރީގެ ޙަރަކާތް ހިނގާނެކަން އިތުރު ފައިސާ ދައުރުވާނެކަން އިތުރު މަސައްކަތް އުފެދޭނެކަން އިތުރު އޮޑިފަހަރު މަހަށް ފުރާނެކަން މަހުގެ އިތުރުވިޔަފާރިއެއް އުފެއްދިދާނެކަން ނުވެސް އެނގޭބަޔަކަށް އެވާހަކަ ނުދެއްކޭނެ ކަމަށާއި އެފަދަ ވާހަކަތައް ދައްކާބަޔަކީ ހަމައެކަނި އެމް.ޑީ.ޕީއަށް ވުމުން މީ ތަރައްޤީގެ ވޯޓެއްކަން މާބޮޑަށް ސާފުވާކަމަށް މޯކީ ބުނެފައިވެއެވެ.

އެމް.ޑީ. ޕީގެ އެހެން ކެނޑިޑޭޓުން ފަދައިން މޯކީވެސްބުނީ މިލަދޫއަށް ކޮންމެހެން ބޭނުންވާ ރައްވެހިކަމުގެ ޚިދުމަތްތަށް ފޯރުކޮށްދިނުމަށް ހުރިހާރައްޔިތުންގެ ބައިވެރިވުން ކޮންމެހެން ބޭނުންވާ ކަމަށާއި ޚާއްސަކޮށް ވިޔަފާރިވެރިންގެ އެހީތެރިކަމާއި އިތުބާރު ކައުންސިލަށް ބޭނުންވާނެ ކަމަށްވެސް މޯކީ ބުންޏެވެ.

އަދި މީގެ އިތުރުން މޯކީ ބުނީ ރަށަށް ބޭނުންވާ ތަރައްޤީ ގެނައުމުގައި ހަމައެކަނި ސަރުކާރަށް ބަރޯސާ ވުމުގެ ބަދަލުގައި އާބާދީގެ ނިސްބަތުން ރަށަށް ބޭނުންވާ ޚިދުމަތްތަށް ފޯރުކޮށްދިނުމުގައި ކައުންސިލާއި އެކު އިންވެސްޓްކުރާނެފަރާތްތަކާއެކު މަޝްވަރާކުރާނެ ކަމަށާއި، ލާމަރުކަޒީ ޤާނޫނުން އެކިފަރާތްތަކާއެކު ފައިސާ އާއި ވިޔާފާރީގެ މުޢާމަލާތްތަށް ހިންގުމަށް ދީފައިހުރި ހުރިހާ ބާރެއްގެ ބޭނުން ހެޔޮގޮތުގައި ހިފާނެ ކަމަށެވެ.

ރައްޔިތުންގެ އުއްމީދުތައް އެނގެނީ ދޮރުންދޮރަށް ހިނގުމުން ކަމަށާއި ޙާލުބަލާލަން ދެވުނު ހުރިހާ ގެޔަކުންވެސް ފާހަގަ ކުރަނީ ރަށަށްޓަކާ ކުރާ އުއްމީދު ކަމަށާއި ކިޔަވައިގެން ދަރިންމޮޅުވެ ރަށަށް ޤައުމަށް ޚިދުމަތްކުރާ ތަން ދެކެން، ކުރާނެމަސައްކަތް ރަށުގަ ހުރުމަށް، ވަޒީފާއެއް ރަށުގައި އޮތުމަށް، ރައްވެހިކަމުގެ ޚިދުމަތްތަށް ރަށުގައި ފުރިހަމަވުމަށް، އެޚިދުމަތްތަކުގެ ފެންވަރު މަށްޗަށްދިއުމަށް، ފުޅަށްމަތިން ފުޅިދިއްނުކޮށް، ޝެޑަށްގޮސް ސައިކަލަށް ޕެޓްރޯލްކޮޅުވެސް އެޅުމަށް ހުރިހާ ރައްޔިތުންވެސްއެދޭކަން ފާހަގަވި ކަމަށާއި މޯކީހިމެނޭ އެމް.ޑީ.ޕީ ކައުންސިލުން އެކަންކަން ޙައްލުކުރާނެކަމަށް މޯކީ ވަނީބުނެފައެވެ.

މީގެ ފަސްއަހަރުފަހުން މިލަދޫ އޮންނާނެގޮތުގެ ތަސައްވުރެއް އެމް.ޑީ.ޕީގައި އެބައޮތް ކަމަށާއި، އެއީ މާރީތި އުޖާލާ ފަތިހަކަށް ވިލެމުންދާ ލާމަރުކަޒީ ރާއްޖޭގެ އުއްމީދީ ތަސައްވުރު އަލި ކަމަށާއި އެހެންކަމުން ރަށުގައި އިތުރުވަޒީފާޔާ އިތުރުމަސައްކަތްތަކާ އިތުރު ޚިދުމަތްތަކާއެކު ހިމެނޭ ރަށު-އިޤްތިސާދު އުފައްދާ ވުޖޫދުކުރުމަށް ހުރިހާ ރައްޔިތުން އެއްބާރުލުން ދެއްވުމު ގެ ގޮތުން 10 އެޕްރީލް ވާ ހޮނިހިރު ދުވަހު ނިކުމެ އޭނާގެ ނަމާދިމާލުގައި ތިލަފަތުގައި ފާހަގަޖައި ވޯޓުދެއްވުމަށް މިލަދޫގެ ހުރިހާރައްޔިތުންގެ ކިބައިން އިޙްތިރާމާއެކު އެދޭކަމަށް މޯކީބުނެފައިވެއެވެ.

ޚިޔާލު ފާޅުކުރަށްވާ