މިލަދޫގައި ކައުންސިލް އިދާރާއެއް ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފި

ލޯކަލް ގަވަރްމެންޓް އޮތޯރިޓީ ޕީ.އެސް.އައި.ޕީ ބަޖެޓްގައި ހިމެނިގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ ތެރެއިން ނ. މިލަދޫގައި ކައުންސިލް އިދާރާއެއް ޤާއިމްކުރުމުގެ މަޝްރޫއު ކައުންސިލްއާއި ހަވާލުކޮށްގެން ކުރިޔަށްގެންދިޔުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއި ކުރުމުގެ ކަންކަން ކުރިޔަށް ގެންގޮސްފައިވަނީ 01 އޭޕްރިލް 2021 ވަނަ ދުވަހު ބޭއްވުނު އޮންލައިން ބައްދަލުވުމެއްގެ ތެރެއިންނެވެ.

މި އެއްބަސްވުންތަކުގައި އެލް.ޖީ.އޭގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ ފާތިމަތު އަފްޝަން ލަތީފެވެ. އަދި މިލަދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އިލްޔާސް ޢަބްދުއްޞަމަދެވެ.

މި ބައްދަލުވުމުގައި އެލް.ޖީ.އޭގެ ފަރާތުން ސީ.އީ.އޯ ދެއްކެވި ވާހަކަ ފުޅުގައި މި ޕްރޮޖެކްޓްގެ މުހިންމުކަން ފާހާގަކުރެއްވައި، ޕްރޮޖެކްޓް އެންމެ އެކެށޭނަ ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެލް.ޖީ.އޭގެ ފަރާތުން ދޭންޖެހޭ އެއްބާރުލުން ފުރިހަމައަށް ދެއްވާނެކަން ފާހަގަ ކުރެއްވިއެވެ.

ނ. މިލަދޫ ކައުންސިލުންގެ ފަރާތުން ކައުންސިލްގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ނ. މިލަދޫއަކީ ވެސް ކައުންސިލްގެ އައު އިމާރާތަކަށް ވަރަށް ބޮޑަށް ބޭނުން ޖެހިފައިވާ ރަށެއް ކަމަށާއި، ކައުންސިލްގެ އިދާރާ އަމިއްލަ ފާރާތެއްގެ އިމާރާތުގައި ހިންގަމުން ގެންދާތާ ގާތްގަނޑާކަށް 9 އަހަރު ވެފައިވާކަން ފާހަގަ ކުރެއްވިއެވެ.

އަދި ކައުންސިލް އިދާރާގެ އައު އިމާރާތެއް ލިބުމުގެ ސަބަބުން މިލަދޫ ރައްޔިތުންނަށް ގިނަ ފައިދާތަކެއް ލިބި، ކައުންސިލުން ދޭ ހިދުމަތްތައް އިތުރަށް ހަރުދަނާ ވެގެންދާނެކަން ފާހަގަ ކުރެއްވިއެވެ.

 

 

 

ޚިޔާލު ފާޅުކުރަށްވާ