މި އަންނަނީ ރަށްވެހިކަމުގެ ޚިދުމަތްތައް ފުރިހަމަކުރަން. ޒުވާން އަންހެން ކުދިންގެ ހުރި އުދާސްތަކަށް ޙައްލެއްލިބޭނެ – އައިސްޓީ

ދެން އުފެދިގެންއަންނަ ، އޭނާ ހިމެނޭ އެމް.ޑީ.ޕީ ކައުންސިލުން ރަށްވެހިކަމުގެ ޚިދުމަތްތައް ފުރިހަމަކޮށް އިތުރުކުރާނެކަމަށް ސަރުކާރުހިންގާ މައިޕާޓީ އެމް.ޑީ.ޕީ ގެ ޓިކެޓްގައި ނ.މިލަދޫ ކައުންސިލަށް ވާދަކުރާ ކެނޑިޑޭޓްނަންބަރު 8 އައިޝަތު ޙަސަން (އައިސްޓީ) ބުނެފިއެވެ.

މިލަދޫ ޑޮޓްކޮމް އާއި ވާހަކަދައްކަމުން އައިސްޓީ ބުނީ، ރަށްވެހިކަމުގެ ޚިދުމަތްތަކުގެ ތެރެއިން މިލަދޫއަށް ކޮންމެހެން ބޭނުންވާ ޚިދުމަތްތަށް އެމް.ޑީ.ޕީއަށް މާބޮޑަށް ފާހަގަ ވެފައިވާކަމަށާއި، ދޮރުން ދޮރަށް އަދި ކޯލްސެންޓަރ މަސައްކަތުން ވަރަށް ގިނަ ރައްޔިތުންގެ އިޙްސާސްތައް އެނގެމުންދާކަމަށާއި އެކަމަށް ހުރިހާރައްޔިތުން އެއްބާރުލުން ދެއްވުމަށްވެސް އައިސްޓީ އެދުނެވެ.

ކައުންސިލް އިންތިޚާބު ކުރަނީ ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުންކަން ފާހަގަކުރަމުން އައިސްޓީ ބުނީ ރައްޔިތުންގެ އިހްސާސްތައް އެނގުން ލާޒިމްކަމަށާ، އެކަށީގެންވާ ވަޒީފާ ނެތުމާއި، މަސައްކަތްތެރިކަމަށް ފުރުސަތުނެތުމާއި، ބޯކޮށަންވެސް ސީދާ މާލެ ދާންޖެހޭތީ ޒުވާން އަންހެންކުދިންގެ ހުރި އުދާސްތައް އަޑުއަހައިފިން ކަމަށާއި ސައިކަލްތަކަށް ޕެޓްރޯލް އެޅުމާއި އޮޑިދޯނި ފަހަރަށް ޑީސަލްއެޅުމުގައި ހުރި ދަތިތައްވެސް އެތައްބަޔަކު ޙިއްސާކުރި ކަމަށެވެ.

“މިހުންނަނީ މީހުން ދިރިއުޅޭރަށެއްގައި ހުންނަންވާނެ ޚިދުމަތްތަށްކަމަށް ޚުދު އަޅުގަނޑުވެސް ޤަބޫލުކުރަން، ވިޔަފާރިވެރިން މިކަންކަމަށް ޝައުޤު ނެތީ ކީއްވެތޯބަލާ، މިކަންކަމަށް އިންވެސްޓްކުރާނެ ފަރާތްތަކާއި ގޮތްތަށް ހޯދުމަކީ ކައުންސިލްގެ ޒިންމާއެއް. އެކަން އަޅުގަނޑުމެންގެ ކައުންސިލުން ކުރާނެ. މިއުފެދޭ ކައުންސިލުން މިފަދަ ޚިދުމަތްތަށް ވޭލާވަރުގައި އުފައްދާ ތަޢާރަފްކުރާނެ. އުއްމީދަކީ ޚުދް ބަޚުދް ކައުންސިލްގެ ފިއުލް ވިޔަފާރިޔެއް އުފެދިގެންދިއުން. މިފަދަކަންކަމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި ޓެކްނިކަލް އެހީތެރިކަން ލިބޭނެކަމުގެ ޔަޤީންކަން އަޅުގަނޑުމެނަށް މިއޮތީ ލިބިފައި.” އައިސްޓީ ބުންޏެވެ.

އަދި މީގެ އިތުރުން އެންމެ އަސާސި ޚިދުމަތްތަކުން ފެށިގެން ރަށެއްގެ ނިސްބަތުން ހުރިހާކަމެއްގެ ފެންވަރު މަތިކުރެވޭތޯ ބަލަން މިލިބޭ ރަނުގެ ފުރުޞަތުގެ ބޭނުންހިފުމަށް އެދެމުން އައިސްޓީ ބުނީ ރަށުސްކޫލް ނިމޭ ކުދިންނަށް ރަށަށް ބޭނުންވާ ދާއިރާތަކުން މަތީ ތަޢުލީމާއި ހުނަރު ދަސްކޮށްދީގެން ގެންނަން ޖެހޭކަމަށާއި، ރަށެއްގެ ފެންވަރު މައްޗައްދަނީ އެރަށުގެ މުއައްސަސާތަކުގައި އިންސާނީ ވަޞީލަތްތަށް ތަރައްޤީވެފައި ހުންނަ މިންވަރަށް ބަރޯސާވެގެން ކަމަށާއި، މަތީތަޢުލީމާއި ތަމްރީންގައި އިންވެސްޓް ކުރާވާހަކަ އަކީ މިނިސްޓަރު ފެންވަރު ވާހަކައެއްނޫން ކަމަށާއި އައީ މިއުފެދޭ އެމްޑީޕީގެ މިލަދޫ ކައުންސިލަރުން ފެންވަރުގެ ވާހަކައެއްކަމަށާއި، ސްކޫލް ނިމޭ ކުދިންނަށް ކައުންސިލުން ސަމާލުކަން ދޭނެކަމަށް އައިސްޓީ ބުންޏެވެ.

ލާމަރުކަޒީ ނިޒާމަށް އަނެއްކާވެސް އަލުން ރާއްޖެ ހިންގަން ލިބޭ މިފުރުޞަތުގައި، އަމިއްލަ އެދުމެއްނެތި މިލަދޫ ތަރައްޤީކުރަން ސަރުކާރާއި ގުޅިގެން ކުރަން ގަސްދުކުރަނީ މާތް މަސައްކަތަކެއްކަން ފާހަގަކުރަމުން އައިސްޓީ ބުނީ މީ ތަރައްޤީގެ ވޯޓެއްކަމަށާއި އެއްވެސްް ރައްޔިތެއް ބާކީނުކޮށް ރަށްވެހިކަމުގެ ޚިދުމަތް ގާތުންދޭނެ ކަމަށާއި، އޭޕްރީލް 10 ވަނަ ދުވަހު ހުރިހާބޭފުޅުންވެސް ވަޑައިގެން އޭނާއާއި ދިމާލުގައި ތިލަފަތުގައި ފާހަގަޖައްސަވައި ވޯޓް ދެއްވުމަށް އިޙްތިރާމާއެކު އެދޭކަމަށެވެ.

ޚިޔާލު ފާޅުކުރަށްވާ