ޚުތުބާ ކިޔަން އިމާމު މީހާ ހުރި ކަމުގައި ވިޔަސް އެންމެ ރަނގަޅު ގޮތަކީ ތަޙިއްޔަތުލް މަސްޖިދު ކޮއްލާފައި އިށީނުމެވެ.

ތަޙިއްޔަތުލް މަސްޖިދު ނުވަތަ މިސްކިތަށް ވަނުމާއި އެކު ކުރާ ދެ ރަކުޢަތަކީ މުސްތަހައްބު ކަމެކެވެ. އެއީ ވާޖިބެއް ނޫނެވެ.

ހުކުރު ޚުތުބާ ކިޔަން އިމާމު މީހާ ހުރި ކަމުގައި ވިޔަސް އެންމެ ރަނގަޅު ގޮތަކީ ތަޙިއްޔަތުލް މަސްޖިދު ކޮއްލާފައި އިށީނުމެވެ. އެކަމުގެ ދަލީލަކީ عن جَابِرِ بْنِ عَبْدِ اللهِ رضي الله عنهما، قَالَ: ” جَاءَ سُلَيْكٌ الْغَطَفَانِيُّ يَوْمَ الْجُمُعَةِ ، وَرَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَخْطُبُ ، فَجَلَسَ ، فَقَالَ لَهُ : ( يَا سُلَيْكُ ، قُمْ فَارْكَعْ رَكْعَتَيْنِ ، وَتَجَوَّزْ فِيهِمَا)، ثم قال: (إِذَا جَاءَ أَحَدُكُمْ يَوْمَ الْجُمُعَةِ ، وَالْإِمَامُ يَخْطُبُ ، فَلْيَرْكَعْ رَكْعَتَيْنِ ، وَلْيَتَجَوَّزْ فِيهِمَا) رواه مسلم (875).

ޖާބިރު ބިން އަބްދުﷲ ގެ ކިބައިން ރިވާ ވެގެންވެ އެވެ. ސުލައިކު، ހުކުރު ދުވަހެއްގައި ނަބިއްޔާ ﷺ ޚުތުބާ ކިޔަން ހުންނަވަނިކޮށް އައިސް އިށީންދެއްޖެ އެވެ.

ނަބިއްޔާ ﷺ އޭނާއަށް ޙަދީޘް ކުރެއްވި އެވެ.

އޭ ސުލައިކް އެވެ! ތެދުވާށެވެ، އަދި ދެ ރަކުޢަތް ކުރާށެވެ، އަދި އެ ދެ ރަކުޢަތުގައި ވީހާވެސް ލުއިކޮށް ކުރާށެވެ.”

އޭގެ ފަހުގައި ޙަދީޘް ކުރެއްވި އެވެ.

ތިޔަބައިމީހުންގެ ތެރެއިން މީހަކަށް ހުކުރު ދުވަހުގައި ޚުތުބާ ކިޔަނިކޮށް މިސްކިތަށް ދެވިއްޖެ ނަމަ ދެ ރަކުޢަތް ކުރާ ހުށި ކަމެވެ، އަދި އެ ދެ ރަކުޢަތުގައި ލުއި ކުރާ ހުށި ކަމެވެ.

ލުއި ކުރުމުގެ މާނައަކީ ކުރުކޮށް ކިޔެވުމެވެ. އެއީ ޚުތުބާ އަޑު އެހުމަށް އަވަސްވެ ގަތުމަށްޓަކައެވެ.

ޚިޔާލު ފާޅުކުރަށްވާ