އިންޑިޔާ ސަރުކާރުގެ އެހީގައި ޔޫތް މިނިސްޓްރީގެ ފަރާތުން ނ.އަތޮޅުގެ ތިން ރަށެއްގައި ކުޑަކުދިންގެ ޕާކް ތަރައްޤީ ކުރަން ނިންމާ ޔޫތް މިނިސްޓަރު އަޙްމަދު މަޚްލޫފް އެކަން އިޢުލާން ކުރައްވައިފިއެވެ.
މިނިސްޓަރު މަޚްލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ 10 ރަށެއްގައި ކުޑަކުދިންގެ ޕާކު ތަރައްޤީ ކުރަންހަމަޖެހިފައިވާކަމަށެވެ. އަދި ހަ ރަށުގެ ތެރޭގައި ނ.ފޮއްދޫ، ނ.މިލަދޫ، އަދި ނ.މާފަރު ހިމެނެއެވެ.
މި ރަށްރަށުގައި ޕާކު ހެދުމުގެ މަސައްކަތް ފަށާނެ ސީދާ ދުވަހެއް މިނިސްޓަރު އިޢުލާންކުރައްވާފައެއް ނުވެއެވެ.