‎މިލަދޫ ބަދަލަކަށް ބޭނުން ވެފައި؟

މިއީ 1500 މީހުން ގެ އާބާދީ އެއް އޮތް ނ.މިލަދޫ ގެ ވާހަކަ އެވެ. މިލަދޫގެ ރައްޔިތުން އަބަދުވެސް ކުރާ ބޮޑު ޝަކުވާގެ ވާހަކަ އެވެ. ޒުވާނުންނާއި ރަށުގެ ކަމުވޮށިގެންވާ ހަރު ބޭބޭފުޅުންގެ ކަންބޮޑުވުން ތަކުގެ ވާހަކަ އެވެ. ކުރު ގޮތަކަށް ބުނާކަމުގައި ވަނީނަމަ ރަށުގެ ކުދި ބޮޑު އެންމެން މިއަދު ތަހަންމަލް ކުރަން ޖެހިފައި މިވާ ބޭއިންސާފްގެ ވާހަކައެވެ.

ތަރައްޤީގެ ބޮޑެތި މަޝްރޫޢްތައް އަތޮޅުގެ ހުރިހާ ރަށެއްގައި ކުރިއަށް ދިޔައިރު، ވޭތުވެ މިދިޔަ 7 ވަރަކަށް އަހަރު މިލަދޫގެ ރައްޔިތުންނަށް މާ ބޮޑު މަންފާއެއް ހޯދަދެވިފައި ނެތުން މިއީ ރައްޔިތުންނަށް އިންސާފްވެރި ގޮތެއް ކަމުގައި ނުދެކެމެވެ. މިކަމުގެ ޒިންމާ އުފުލަން ޖެހެނީ ކޮންބައެއް ހެއްޔެވެ؟ ސަރުކާރުގެ މިނިސްޓަރުން ތޯއެވެ؟ މަޖިލީސް ނުވަތަ އަތޮޅު ކައުންސިލުން ތޯއެވެ؟ ޝައްކެއްވެސް ނެތެވެ. މިކަންކަމުގެ ޒިންމާ ނެގުން އެންމެ އަޢްލާކަން ބޮޑީ މިޒިންމާ އާއި ހަވާލުވެ ތިއްބެވި ރަށުގެ އިސް ވެރިންނެވެ.

ދިވެހިރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު މިއަދު މިވަނީ ވަރަށް ބޮޑަށް ބަދަލު ވެފައެވެ. އަތޮޅުތެރޭގެ ވަކިވަކި ރަށްރަށް ހިންގުމާއި ކުރިއެރުވުމުގެ ޒިންމާ ހަވާލު ކުރެވިފައި ވަނީ ރަށު ކައުންސިލްތަކަށެވެ. ރަށުގެ އަަމާން ބެލެހެއްޓުމާއި ރަށަށް ބޭނުންވާ ޤަވާއިދުތައް ހެދުމަށް ކައުންސިލް ތަކަށް ގާނޫނު ލާޒިމް ކުރެއެވެ.

ނަމަވެސް މި ފުރިހަމަ ނިޒާމުގެ ފޮނިމީރުކަން މިލަދޫގެ ރައްޔިތުންނަކަށް ނުލިބެއެވެ. ހެދިފައި ހުރި ގަވާއިދު ތަކުން ފައިދާ ވާތަނެއް ނުފެނެއެވެ. ގަވާއިދު ތަކަށް ބަލައިލުމުން މިކަމުގައި ބަޔަކު އިހްމާލް ވެފައި ވާކަން ސާފްވެއެވެ. މިލަދޫގެ ވެއްޓާ ބީރައްޓެހި ބޭކާރު އެތައް ގަވާއިދު ތަކެއް މީގެން ފެންނަން ހުރެއެވެ. ހައްލު ހޯދަން ޖެހިފައިވާ އެއްވެސް މައްސަލަ އަކަށް އަލި އަޅުވައިލެވިފައެއް ނެތެވެ. ވާނީވެސް އެހެންނެވެ. މިލަދޫގައި ހެދިފައިހުރި ގަވާއިދުތަކަކީ ކޮންމެވެސް އެހެން ރަށެއްގެ ގަވާއިދުތަކުން، އަކުރުން އަކުރަށް ކޮށްފައިވާ ނަކަލެކެވެ. އެހެން ކަމުން މިލަދުއަށް ދިމާވާ އެކިއެކި މައްސަލަތަކަށް ހައްލު ހޯދުމަށް ކައުންސިލުން މިވަނީ މިއަދު ނުކުޅުދިފައެވެ.

އަތޮޅުތެރޭގެ އެހެން ރަށްރަށުގެ ކަންކަން ހުރީ ކިހިނަކުންތޯއެވެ؟ ބޮޑެތި ބިޔަ މަޝްރޫޢް ތަކެއް ހިންގިފައި ނެއް ނަމަވެސް ތަރައްގީގެ ކުލަވަރު ނުފެންނަ ރަށެއް މަދެވެ. ފުޓްސަލް ދަނޑު ތަކާއި ކުޑަކުދިންގެ ޕާކުތައް އެ ރަށްރަށުގައި ހުރެއެވެ. އެކި ކަހަލަ ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ލިބެން ހުރެއެވެ.

މިފަދަ އެންމެހާ ކަންކަމަކީ އެރަށްރަށުގެ ކައުންސިލް ތަކުގެ ބުރަ މަސައްކަތް އޭގައި ހިމެނޭ ކަންކަމެވެ. ރައްޔިތުންގެ ހައްގުގައި ކައުންސިލްތަކުން ސަރުކާރާއި ގުޅިގެން ކުރާ ބުރަ މަސައްކަތްތަކުގެ ފޮނި ނަތީޖާއެވެ. ނަމަވެސް މިލަދޫގެ ހާލަތު މިއާ ތަފާތެވެ. ސަރުކާރާއި ގުޅިގެން މަސައްކަތް ކުރާ ތަނެއް ނުފެނެއެވެ. ރައްޔިތުންނަށް ލާބައާއި މަންފާ ހުރި ގޮތަށް މަސައްކަތް ކުރުމަށް ވުރެ ސަރުކާރާއި “ވިއްދައިލައިގެން” އުޅުން މިވެރިންނަށް މާ މުހިންމެވެ. ވޭތުވެ މިދިޔަ ހައެއްކަ އަހަރު ރަށުގެ ކަންކަން ހުރީ މިފަދަ ހާލަތެއްގައެވެ.

ނ މަގޫދޫ ގައި ހެދިފައިވާ ފުޓްސަލް ދަނޑެއް
ނ މަގޫދޫ ގައި ހެދިފައިވާ ފުޓްސަލް ދަނޑެއް

މިލަދޫގެ ރައްޔިތުން މި ނިކަމެތި ހާލަތުން އަރައި ނުގަނެވި މިހާ ިގނަ ޒަމާން ވެގެން މިދަނީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟ ކަންކަން ގޯހުން ދާކަމުގަ ވަނީ ނަމަ ރަށުގެ ކުރިމަގާއި މެދު ވޯޓަކުން ގޮތް ނިންމުމުގެ ބާރު ރައްޔިތުންނަށް އެބައޮތެވެ. ކައުންސިލް ކަމުނުދާ ކަމުގައި ވާނީނަމަ ބަދަލު ކުރުމުގެ އިޙްތިޔާރު ރައްޔިތުންނަށް ލިބިދެއެވެ.

ނަމަވެސް ވޯޓު ލުމުގައި ޒަމާނުއްސުރެ ރަށުގެ މީހުން ގެންގުޅޭ އުސޫލާއި ވިސްނުމުގެ ސަބަބުން ރަނގަޅު ނަތީޖާއެއް ވޯޓުން ނުލިބެނީއެވެ. އޮންނަ ރައްޓެހި ކަމަށް ބަލައިފާއި ވޯޓު ލާ މީހުން ވޯޓު ލަނީއެވެ. އަނެއް ބަޔަކު އާއިލީ ގުޅުން ދެމެހެއްޓުމުގެ ނަމުގައި އާއިލާ މީހާ އިސް ކުރަނީއެވެ. އަދި ކިއެއްތަ، ފައިސާ ފޮތްޗެއްގެ ދަހިވެތި ކަމުގައި ވޯޓު ވިއްކާލާ މީހުން ވެސް މި މިލަދޫގައި މަދެއް ނޫނެވެ.

މިފަދަ ޑިމޮކްރަސީ އާ ބީރައްޓެހި ނާތަހުޒީބު އުސޫލުތަކުގެ ސަބަބުން ތިމާ އަށާއި ތިމާގެ ރަށަށް ލިބޭނެ ގެއްލުމަކަށް މާބޮޑު ފަރުވާލެއްނެތި ވޯޓުތައް ލާނިންމަނީއެވެ. އާޚިރުގައި މިކަމުން އުފެދޭ ފިތުނައާއި ގެއްލުމާއި ކުރާ ނޭދެވޭ އަސަރު ތަހަންމަލް ކުރަން މި ޖެހެނީ ހަމަ މިލަދޫގެ ރައްޔިތުންނަށެވެ.

ކުރިއަށް މި އޮތީ ލޯކަލް ކައުންސިލް އިންތިހާބެވެ. ރަށުގެ ޙާލަތާއި ކުރިމަގާއި މެދު ވިސްނުމަށް ވަރަށް ގިނަ ދުވަސް އަދި އެބަ އޮތެވެ. މިފަދަ ފުރުސަތެއްގެ ބޭނުން ރަނގަޅު ގޮތުގައި ނުހިފައި ދޫކޮއްލައިފި ކަމުގައި ވާނަމަ ރައްޔިތުންނަށް އޮތީ ހިއްދަތި ކަމުގެ ދުވަސް ތަކެކެވެ. މާޔޫސްކަމާއި ނުތަނަވަސް ކަމެވެ. މާޒީން އިބުރަތް ހާސިލްކޮށް ވެއްޓިފައި މިވައި އަނދަވަޅުން މިންޖުވޭތޯ ގަދަ އަޅާ މަސައްކަތް ކުރަން މިއަދު މިވަނީ މަޖުބޫރު ވެފައެވެ.

ވޯޓު ލުމުގެ ފަރުދީ ޒިންމާ އަދާކުރުމުގައި ފަރުވާ ކުޑަ ކުރެވޭކަށް މިއަދަކު ނެތެވެ. މިލަދޫގެ ހާލަތު މިއަދު މިވަނީ ހީކުރާ ވަރަށްވުރެ ނާޒުކު ފަޢްތަރަކަށް ވެޓިފައެވެ.

ތިޔަ ލޮބުވެތި ރައްޔިތުންގެ ދީލަތި އެހީ އަކަށް ބޭނުންވެފައެވެ.

Like
Like Love Haha Wow Sad Angry
121
އިތުރަށް ކިޔާލުމަށް

ޚިޔާލް ފާޅުކުރަށްވާ

10 ކޮމެންޓް
 1. ފާތުން

  ބޭކާރު ވާހަކަ. ސަރުކާރާ އިދިކޮޅު 75% މީހުން އިބޫ ނަގާ ބޮލަށް ލައިގެން 2018 ރިޔާސީ އިންތިހާބަށް ފައިނަގާ އޮއްވާ ޔާމިނު އޮންނާނީ ފެންހަންތައް ބަހައްޓާ ފެނުގެ މަސްރޫޢު1 ނިންމާފާ. ސަރުކާރެއް އިދިކޮޅެއް ކިއާނެކަމެއްނެތް އަސާސީ ޒަރޫރީ ބޭނުންތައް ފުއްދައިދީގެން ވާނީ. ކުރަންބޭނުމިއްޔަ ކޮށްދޭނިއްޔާ ކުރާނެ. ކުރެވޭނެ. މަޤާމްތަކުގައި އަދާކުރާ ކުރަންޖެހޭ ކުރެވޭވަރު މިނެކިރައިން ދެންވެސް މިލަދޫ ކައުންސިލަށް ތަޖުރިބާއި އެކު އިލްޔާސް ގެ ޓީމްއަށް.

  2
  1
  1. އިނަފް

   ސޮރީ އޭ ބުނެވޭނީ

 2. އިބްރާހިމް އަހްމަދު

  ފުޓްސަލް ދަނޑު ނުނިމި އޮތީ ބައި މީހުންނަށް ކާން ދޭން އިރުޝާދު އަށް ފުޓްސަލް ދަންޑު ޕްރޮޖެކްޓް ދިނީމަ. ސާފުތަ؟ ލިޔުމެއް ލިޔާނީ މައުލޫމާތު ސާފްކޮށްގެން ކަލޯ.

  2
  1
 3. ފާތުން

  ކެންޕޭނު ޚަބަރު. ލޮލް

  1. ޝުކުރު

   މިހަމަ ރަނގަޅު ވާހަކަ މުޅިންވެސް. ތިކަހަކަ މީހުންނަށް ހީވާނީ އަބަދުވެސް ހަގީގަތް ހާމަ ކުރުމަކީ ކެންޕެއިން ސްޓަންޓް އޭ.. ތިގޮތައް ނުވިސްނާ.. މިލަދޫގެ ކުރިމެދަށް ވިސްނާ.. މީ ބަދަލަކަށް ބޭނުންވެފައިވާ ވަގުތެއް.

 4. ރަށު މީހާ

  ވަރަށް ފުރިހަމަ ލިޔުމެއް.

  2
  1
 5. ހުސޭނާ

  ބިޑި ހަދާ. ކޮމެންޓް ތައް ދައްކަން ނުކެރޭ ސިޔާސީ ހަބަރު.

 6. މަ މޭން

  އިއްލި ނޫން ނޫން ގޮތެއް….

 7. ދުންތަރި

  އިއްލި އަކީ ސަޅި ގޮލައެއް.. އެކަމަކު ކައުނސިލައް ކަމަކު ނުދޭ… ވޯޓުދޭން ވަރަށް ބޭނުންވެ… އެކަމަކު މިފަހަރު ބޭނުމީ ބަދަލެއް

  2
  1
 8. އައްމަޓީ

  ރަނގަޅު ރިޕޯޓެއް