މިލަދޫގައި ކޭކް އަޅަން ދަސްކޮށްދޭ ކޯހެއް ފަށަނީ!

މިލަދޫ ޔޫތު މޫވްމެޓް(އެމް،ވައި،އެމް) އިސްނަގައިގެން ކޭކު އަޅަން ދަސްކޮށްދޭ ކޯހެއް ނ.މިލަދޫގައި ފެށުމަށް ނިންމައިފިއެވެ.

ދެ ޖިންސުގެ ޒުވާނުންނަށް އަމާޒުކޮށްގެން އަންނަ ފެބުރުއަރީ އެއްވަނަ ދުވަހު ފަށާ  މި ކޯހުގައި ބައިވެރިވާ ފަރާތް ތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަށް ކޯހުގައި ހިލޭ ކިޔެވުމުގެ ފުރުޞަތު އޮންނާނެއެވެ. ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.

މި ކޯހުގައި ކިޔަވައި ދެއްވާނީ މިފަދަ ކޯސްތައް މާލޭ އާއި ރާއްޖޭގެ އެކި ރަށްތަކުގައި ހިންގަވާފައި ވާ ތަޖުރިބާކާރު ބޭފުޅެކެވެ. އަދި މި ކޯސް ފުރިހަމަކުރާ ފަރާތްތަކަށް ސެޓްފިކެޓެއް ލިބޭނެ އެވެ.

މި ކޯހުގައި ބައިވެރި ވުމުގެ ފުރުސަތު މިހާރު ވަނީ 2020 ޖަނަވަރީ 10 ވަނަ ދުވަހާ ހަމައަށް ހުޅުވާލެވިފައެވެ. އަދި މި ކޯހާ ގުޅޭގޮތުން މައުލޫމާތު އިތުރަށް ސާފު ކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ގުޅުއްވާނީ 755006،9456600 ނަމްބަރު ފޯނާއެވެ.

މިލަދޫ ޔޫތު މޫވްމެންޓަކީ 22 ފެބުރުއަރީ 2017 ވަނަ އަހަރު މިލަދޫ ޒުވާނުން ކޮޅެއް އުފެއްދި ޖަމުޢިއްޔާ އެކެވެ. މިޖަމްޢިއްޔާގެ އެމުރު ހަގު ނަމަވެސ މިހާތަނަށް މިލަދޫގައިވަނީ ވަރަށް ތަފާތު ޙަރަކާތް ތަކެއް ހިންގާފައެވެ.

Like
Like Love Haha Wow Sad Angry
15
އިތުރަށް ކިޔާލުމަށް

ޚިޔާލް ފާޅުކުރަށްވާ