ނޮވެމްބަރު މަހު މާފަރު އެއަރޕޯޓުގެ ޚިދުމަތް ލިބޭނެ

ނ.މާފަރު އެއާރޕޯޓްގެ ޚިދުމަތް ރައްޔިތުންނަށް ލިބުން ލަސްވަމުން ދާތީ ނ.އަތޮޅުގެ 4 މެމްބަރުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އާއި މިއަދު ބައްދަލުކުރައްވައިފިއެވެ.
މިބައްދަލު ކުރެއްވުމުގައި މިނިސްޓަރ ޝާހިދު ވިދާޅުވެފައި ވަނީ އެއަރޕޯޓް ޚިދުމަތް ދިނުން ލަސްވަނީ އެއަރޕޯޓް ހިންގާނެ ފަރާތަކާ ހަވާލުކުރެވިފައި ނުވާތީއެވެ. އަދި މިހިނގާ ނޮވެމްބަރު މަސް ނިމުމުގެ ކުރިން ބަޔަކާ ހަވާލު ކުރެވި ޚިދުމަތް ދެވޭނެކަމަށްވެސް ވިދާޅުވެފައި ވެއެވެ.
ނ.މާފަރު އެއަރޕޯޓަކީ 2018 ވަނަ އަހަރު ރިޔާސީ އިންތިޙާބުގެ ކެމްޕޭނު ދުވަސްވަރު ނުނިމެނީސް ހުޅުވާ އެކަމަކު މިއަދާހަމައަށްވެސް ޚިދުމަތް ލިބިފައި ނުވާ އެއަރޕޯޓެކެވެ.

Like
Like Love Haha Wow Sad Angry
އިތުރަށް ކިޔާލުމަށް

ޚިޔާލް ފާޅުކުރަށްވާ