ދުވަސްކޮޅެއްގެ މެދު ކެނޑުމަށްފަހު މިލަދޫ.ކޮމް އެނބުރި އައުން

ތޮށަލި ދުޅައަށް ދުނިޔޭގައި ދަތުރު ކުރަމުންދާއިއިރު އަޑިގަނޑަކަށް ފަހު އުސްގަނޑެއް އަންނާނެއެވެ. އެއީ ދުނިޔަވީ ޤާނޫނެވެ.

ދުވަސްކޮޅެއްގެ މެެދުކެނޑުމަށްފަހު މިލަދޫ ޑޮޓް ކޮމް އެނބުރި މިއައީ އައު އުންމީދު ތަކަކާއި ލަނޑުދަނޑި ތަކަކާއި އެކުއެވެ. ޚަބަރާއި މަޢުލޫމާތުގެ ރަސްމަގު، އިންޓަނެޓްގައި މިލަދުއަށް ޚާއްސަ ވެބްސައިޓެއްގެ ގޮތުގައި މިލަދޫ ޑޮޓް ކޮމް އެނބުރި މިއައީ ތަފާތު ގޮންޖެހުންތަކާއި ކުރިމަތިލާނެ ފަންވަރާއި ހިތްވަރު މާތް ﷲގެ ވާގިފުޅާއެކު މިޓީމްގައި އެބަހުރިކަން ޤަބޫލު ކުރެވޭ ހާލު ހެޔޮނިޔަތުގައި ޚިދުމަތް ކުރުމަށެވެ.

ފާއިތުވެ ދިޔަތަނުގައި އަޅުގަނޑުމެންނަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ކޮބައިކަން އެންމެން ދަންނަ ބޮޑު ސިއްރެއްގައި ބާއްވަމާތޯއެވެ.

އަޅުގަނޑުމެންގެ ދުޢާއަކީ، މި މުޖުތަމަޢު އަކީ ލިޔުންތެރިކަމާއި ކިޔުންތެރިކަމަށް ޝައުގުހުރި ބަޔަކު ދިރިއުޅޭ ތަނެއްކަމުގައި އަބަދުމެ ލެހެއްޓެވުމެވެ.

Like
Like Love Haha Wow Sad Angry
އިތުރަށް ކިޔާލުމަށް

ޚިޔާލް ފާޅުކުރަށްވާ

1 ޚިޔާލު
  1. ކެޕޭ

    ވަރަށް ހިއްހަމަ ޖެހޭ!