بسم الله الرحمن الرحيم.
ރަޙުމާން ވަންތަ ރަޙީމްވަންތަ ﷲގެ އިސްމުފުޅުން ފަށަމެވެ.
سورة القارعة- ޤާރިޢާ ސޫރަތް.
މިއީ މައްކީ (މައްކާގައި ބާވާލެއްވުނު) ސޫރަތެކެވެ.
މި ސޫރަތުގެ ނަން:
މިސޫރަތަށް ކިޔެނީ ސޫރަތުލް ޤާރިޢާއެވެ. އެއީ (އެގޮތަށް ފެށިފައިވަނީ) ސޫރަތްމަތިވެރިކޮށް މީސްތަކުންނަށް އިންޒާރުދެއްވުމަށްޓަކައި އެނަމުން ސޫރަތުން ފެށިފައިވާތީއެވެ. އެއީ ސޫރަތުލް ޙާއްޤާވެސް ފެށިފައިވާ ފަދައިންނެވެ. އަދި ޤާރިޢާ އަކީ ޤިޔާމަތް ދުވަހަށް ކިޔޭ ނަންނަތަކުގެ ތެރެއިން، އަލްޙާއްޤާ: އައްޠޯއްމާ، އައްޞާޚާ އަދި އަލްޣާޝިޔާ ނަންތައް ފަދައިން (އެދުވަހަށް ކިޔޭ) ނަމެކެވެ. އެފަދައިން ކިޔުނީ އެދުވަހުގެ ބޮޑުކަމުން ހިތްތަށް ތެޅިގަންނާތީއެވެ.
މިސޫރަތުގެ ކުރީ ސޫރަތާއި ހުރި ގުޅުން.
އިސްވެ ދިޔަ ސޫރަތް ނިމިފައިވަނީ ޤިޔާމަތްދުވަހުގެ ސިފައަކުންނެވެ. (أَفَلا يَعْلَمُ إِذا بُعْثِرَ ما فِي الْقُبُورِ، وَحُصِّلَ ما فِي الصُّدُورِ، إِنَّ رَبَّهُمْ بِهِمْ يَوْمَئِذٍ لَخَبِيرٌ) މިސޫރަތުގައި ހިމެނެނީ ޤިޔާމަތްދުވަހާއި އަދި އެދުވަހުގެ ބިރުވެރި ސިފަޔާއި އަދި އެދުވަހުގެ ކަންކަން ހުރި ބިރުވެރިކަމުގެ ގޮތެވެ.
ސޫރަތުގައި ހިމެނިގެންވާ ކަންކަން:
މައްކާގައި ބާވާލެއްވުނު މިސޫރަތުގެ މައުޟޫއަކީ ޤިޔާމަތް ދުވަހުގެ ކަންތައްތައް ހުރިނެތްގޮތުގެ ކަންކަމުން އިންޒާރުދެއްވުމާއި ބިރުވެރިކަން ބަޔާންކޮށްދެއްވުމެވެ. މުޅި ސޫރަތުގައިވެސް ވަނީ މިމައުޟޫއާއި ބެހޭގޮތުންނެވެ.
ފަށާފައިވަނީ ޤިޔާމަތްދުވަހުގެ ކަންހުރިގޮތާއި އަދި އެދުވަހުގެ ބޮޑުކަމާއި ގަދަފަދަކަމާއި ބެހޭގޮތުންނެވެ. އަދި މީސްތަކުން އުދުހޭ ކޮކާތަކެއްފަދައިން މީސްތަކުން އެދުވަހުގައި ފެތުރިގަންނާނެ ކަމުގެ ވާހަކައިންނެވެ. (القارعة ما القارعة…) (އެއީ 1 ވަނަ އާޔަތުން 4 ވަނަ އާޔަތަށެވެ.)
އެޔަށްފަހު އިޝާރާތްކުރެވިފައިވަނީ ޤިޔާމަތްދުވަހުގެ ބައެއް އަލާމާތްތަކާއި ބެހޭގޮތުންނެވެ. އެއީ ފަރުބަދަތައް ބުރައިގެންދިޔުމާއި އެފަރުބަދަތައް ކުނޑި ކަފަތަކެއް ފަދައިން ލެއްވި ވާހަކައެވެ. އަދި އެކަންކަމުން މީސްތަކުން ވަކިވަކިވެ ވަރަށްބޮޑަށް ބިރުވެރިކަން ވެރިވެ، އެބައިމީހުންގެ ހިތްތަތަކަށް ވަރަށް ބޮޑު އަސަރެއްކުރާނެއެވެ. (و تكون الجبال كالعهن المنفوش) (5)
އަދި ސޫރަތް ނިންމާލާފައިވަނީ މީސްތަކުންގެ ޢަމަލުތަކުގެ ޙިސާބު އެއިން ބައްލަވާ މީޒާންތަކާއި ބެހޭގޮތުންނެވެ. ހެޔޮކަންކަމުން އެމީހެއްގެ މީޒާން ބަރުވެއްޖެނަމަ ސުވަރުގައަށެވެ. އަދި ފާފަތަކުގެ ސަބަބުން އެމީހެއްގެ ފަތް ލުއިވެއްޖެމީހާ ނަރަކައަށެވެ. (فأما من ثقلت موازينه، فهو في عيشة الراضية…) (އެއީ 6 ވަނަ އާޔަތުން 11 ވަނަ އާޔަތަށް)
ޤިޔާމަތްދުވަހުގެ ގަދަފަދަވެގެންވާ(ބިރުވެރި) ކަންކަމާއި އޭގެ ޢަލާމާތްތަކާއި އަދި އެދުވަހުގައި ޙިސާބުގެ މީޒާން(ބަރުދަން) ބެއްލެވުން.
الْقَارِعَةُ (1) مَا الْقَارِعَةُ (2) وَمَا أَدْرَاكَ مَا الْقَارِعَةُ (3) يَوْمَ يَكُونُ النَّاسُ كَالْفَرَاشِ الْمَبْثُوثِ (4) وَتَكُونُ الْجِبَالُ كَالْعِهْنِ الْمَنْفُوشِ (5) فَأَمَّا مَنْ ثَقُلَتْ مَوَازِينُهُ (6) فَهُوَ فِي عِيشَةٍ رَاضِيَةٍ (7) وَأَمَّا مَنْ خَفَّتْ مَوَازِينُهُ (8) فَأُمُّهُ هَاوِيَةٌ (9) وَمَا أَدْرَاكَ مَا هِيَهْ (10) نَارٌ حَامِيَةٌ (11)
މާނަ: (2007 ވަނަ އަހަރު ރައީސް އޮފީހުން ނެރުނު ތަރުޖަމާ ލިޔުމުން ފުދޭނެ)
އަލްއިޢުރާބު.
(ޢަރަބި ބަހުގައި ޖުމްލައިގައި ބަސްއިންނަ މަޤާމާއި ޖެހޭ ފަހު ފިލި ބަޔާންކުރާ ޢިލްމު)
الإعراب:
الْقارِعَةُ مَا الْقارِعَةُ الْقارِعَةُ: (މުބްތަދާ-ޖުމްލަ ފަށާ ލަފުޒު)
ومَا: (ދެވަނަ މުބްތަދާ އަދި އޭގެ ފަހުގައި އެވަނީ ޚަބަރު)
وَما أَدْراكَ مَا الْقارِعَةُ (ފުރަތަމަ ما އަކީ މުބްތަދާ އަދި އޭގެފަހުގައި އެވަނީ ޚަބަރު، ދެވަނަ ما އަކީ المبتدأ، އަދި އޭގެ ޚަބަރަކީ «أدراك» .
يَوْمَ ظرف عامله تقرع، دل عليه القارعة.
كَالْفَراشِ الْمَبْثُوثِ (ނަޞްބުގެ މަޙައްލުގައި، ކާނަގެ ޚަބަރު ހަމައެފަދައިން كَالْعِهْنِ الْمَنْفُوشِ)
فَهُوَ فِي عِيشَةٍ راضِيَةٍ : ފާއަކީ (أما)ގެ ޖަވާބު އަދި އޭގެފަހުގައި އެވަނީ ޖަވާބު ޝަރުތު އަދި މުބްތަދަ، وفِي عِيشَةٍ: ޚަބަރު މުބްތަދާ، . وراضِيَةٍ: ކަންރައްދުވާ ފަރާތް އެއީ ފާޢިލު(ކަންކުރާ) ވަޒަނަށް އައިސްފައި.
ބަލާޣާތްތެރިކަން
وَما أَدْراكَ مَا الْقارِعَةُ؟
މިތަނުގައި ސުވާލުކުރައްވާފައިވަނީ ބިރުވެރިކަން ބޮޑުކަން ބަޔާންކޮށްދިނުމަށެވެ. މިތަނުގައި އެގޮތަށް ސުވާލެއްގެ ގޮތަށް ގެނެވިފައިވަނީ އެކަމުގެ ބިރުވެރިކަން ތަޞައްވަރުކޮށްދީ ބިރުވެރިކަން ހިތަށް ވެއްދުމަށެވެ. އަސްލު (ފުރަތަމ އާޔަތުގެ) މުރާދަކީ ޤާރިޢާއަކީ ކޮބައިހެއްޔެވެ؟ وَما أَدْراكَ ما هِيَهْ؟. މިއާޔަތްވެސް ހަމަ އެފަދައިންނެވެ.
يَوْمَ يَكُونُ النَّاسُ كَالْفَراشِ الْمَبْثُوثِ
މިއާޔަތުގައި މިވަނީ އިޖްމާލީގޮތެއްގައި ގުޅުވާލެވިފައިވާ ކަމަކާއި މިސާލު ޖަހާފައެވެ. އެއްގޮތް ކުރެވޭ(މިސާލުޖެހޭ) ގޮތް ވަނީ ޙަޒުފުކުރެވިފައެވެ. އެއީ(އެއްގޮތްކުރެވޭ ބަޔާންނުކުރެވި ޙަޒުފުކުރެވިފައިވާކަމަކީ) ފެތުރިގަތުމާއި ގިނަވުމާއި އަދި ބަލިކަށިކަމާއި ނިކަމެތިކަމުގެ މައްޗަށެވެ.
كَالْعِهْنِ الْمَنْفُوشِ ވެސް ހަމަ އެފަދައިންނެވެ. އެއީ އެތަކެތި ބުރައިގެންދާ ފެތުރިގެންދާ ގޮތާއި މެދުގައެވެ.
((فَأَمَّا مَنْ ثَقُلَتْ مَوَازِينُهُ (6) فَهُوَ فِي عِيشَةٍ رَاضِيَةٍ (7))) ((وَأَمَّا مَنْ خَفَّتْ مَوَازِينُهُ (8) فَأُمُّهُ هَاوِيَةٌ (9))) މި(ފުރަތަމ ދެއާޔަތާއި ފަހު ދެއާޔަތުގައި) އެވަނީ ދިމާއިދިކޮޅު (މާނަ ދޭހަވާ) އުސްލޫބުންނެވެ.
فِي عِيشَةٍ راضِيَةٍ ބުއްދީގެ މަޖާޒެއް.
فَأَمَّا مَنْ ثَقُلَتْ.. وَأَمَّا مَنْ خَفَّتْ.. މިދެއާޔަތްވެސް އެއްސީޣާއަކަށް ކިޔެއެވެ. އެއީ ފަހުކޮޅުގައި އެއްގޮތްވާ ތަންކޮޅު އެވަނީ ދަލީލުކުރާތީ ޙަޒުފުކުރެވިފައެވެ.
الْقارِعَةُ، راضِيَةٍ، هاوِيَةٌ، ما هِيَهْ، حامِيَةٌ އެއްވަޒަނަކަށް ކިޔޭ ލަފުޒުތަކެއް.
(ސޫރަތުގައިވާ) ވަކިބަސްތަކުގެ ލުޣަވީ މާނަތައް:
المفردات اللغوية:
الْقارِعَةُ މިއީ ޤިޔާމަތްދުވަހުގެ ނަންތަކުގެ ތެރެއިން ނަމެކެވެ. މިފަދައިން ކިޔުނީ އިވޭ ބޮޑެތި ގަދަފަދަ ކަންކަމުން ހިތްގަދަޔަށް ތެޅޭތީއެވެ. القرع އަކީ ގަދަޔަށް ތެޅުމެވެ.
وَما أَدْراكَ مَا الْقارِعَةُ ކަލޭގެފާނަށް އަންގައިދިނީ ކޮންކަމެއްހެއްޔެވެ؟ އެއީ އިތުރަށް ބިރުވެރިކަން އިތުރުކުރެއްވުމަށްޓަކައެވެ.
كَالْفَراشِ الْمَبْثُوثِ ވަކިވެފައިވާ ފެތުރި ވިއްސިވިހާލިވެފައިވާ ބައިބައިވެފައިވާ ކޮކާތަކެއް ފަދައިންނެވެ. ޙައިރާންކަމުގެ ސަބަބުން އެއްބަޔަކު އަނެއްބަޔަކަށް ޖެހިއޮޅުންބޮޅުންވެފައެވެ. ޙިސާބު ބެއްލެވުމަށް ގޮވާލެވެންދެނެވެ.
والفراش: ކޮކާ.
وَتَكُونُ الْجِبالُ كَالْعِهْنِ الْمَنْفُوشِ: އެއީ ލުއިކަމުގެ ސަބަބުން ބުރައިގެންގޮސް ވެއްޓިފައިވާ ކަފަތަކެއްފަދައިންނެވެ. އެއީ ބިމާއި ހަމަވެއްޖައުމަށް ދާންދެނެވެ.
ثَقُلَتْ مَوازِينُهُ: އެމީހެއްގެ މީޒާންބަރުވެއްޖެނަމަ فَهُوَ فِي عِيشَةٍ راضِيَةٍ: އެމީހަކު ވާހުށީ އުފާވެރިކަމުގައި ސުވަރުގޭގައެވެ.
خَفَّتْ مَوازِينُهُ: އެމީހެއްގެ ނުބައިކަން ހެޔޮކަމަށްވުރެ ދަށްވެއްޖެމީހާ، فَأُمُّهُ هاوِيَةٌ : އެމީހަކު އުޅޭން އޮތްތަނަކީ ނަރަކައެވެ. ما هِيَهْ ނަރަކައަކީ ކޮބައިހެއްޔެވެ؟
والهاوية: ނަރަކައިގެ ނަންތަކުގެ ތެރެއިން ނަމެއް. نارٌ حامِيَةٌ: އެއީ ހޫނުކަން ގަދަވެގެންވާ އަލިފާނެވެ.
(376 ވަނަޞަފްޙާއާއި ހިސާބަށް ނިމިފައި)