މިލަދޫ ނަމުގައި މުޅިން އައު ވެބްސައިޓެއް ލޯންޗް ކޮށްފި

މިލަދޫ ނަމުގައި ތަފާތު ޚަބަރާއި މަޢުލޫމާތު އަދި މުނިފޫހި ފިލުވުމާއި ހޭލުންތެރިކުރުވުމާ ގުޅޭ މިލަދޫއަށް ޚާއްސަ ޚަބަރާ މަޢުލޫމާތުގެ ވެބްސައިޓެއް ލޯންޗުކޮށްފިއެވެ. މިއަދުގެ މެންދުރުފަހު ލޯންޗުކުރި މިވެބް ސައިޓުގައި މިލަދޫގެ ޚަބަރާއި ފުޓުބޯޅަ އަދި މީހުންނަށް ޚާއްސަ ކޮލަމެއްވެއެވެ. މީގެ އިތުރުން އަތޮޅުތެރޭގެ ކޮލަމެއް ވަކީން ނ.އަތޮޅުގެ މަޢުލޫމާތު ގެނެސްދިނުމަށް ޚާއްސަކުރެވިފައެވެ. ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ޚައްސަ ދީން ކޮލަމާއި ކުޅިވަރު  އަދި ވާހަކަ ކެޓެގަރީ ދަށުން ލޯބީގެ ވާހަކަޔާއި ބިރުވެރި އަދި މަޖާ ވާހަކަ ހިމެނެއެވެ. މީގެ އިތުރުން މިލަދުއާއި މުޅި ނ.އަތޮޅުގެ ވިޔާފާރީގެ ޚަބަރުގެނެސްދޭ ވިޔަފާރި ކޮލަމްވެސް މިވެބްސައިޓުގައި ހިމނެއެވެ.

ވެބްސައިޓުގެ އަހުދުގެ ގޮތުގައިވަނީ މިލަދޫގެ ޚަބަރުތައް އެންމެއަވަހަށް ހާމަކަމާއެކު ގެނެސްދިނުމާއެކު ޚަބަރާ މަޢުލޫމާތުގެ މުއްސަނދި މިވެބްސައިޓުގެ ޒަރީޢަޢިން މުޅި ނ.އަތޮޅު ގުޅުވާލުމެވެ.

މި ވެބްސައިޓު ލޯންޗުކުރުމާއެކު މިލަދޫގެ ހުރިހާ އުމުރުފުރައެއްގެ ދެޖީންސުގެ ލިޔުންތެރިންގެ ލިޔުންތަކާއި ހުނަރު ނ.އަތޮޅުގެ އަސްދަނޑިންބޭރަށް ފޯރުކޮށްދިނުމުގެ މަގު ފަހިވެފައިވާކަން ފާހަގަކޮށްލެވެއެވެ. މިލަދޫ ގެ މާކެޓިންގެ ޓީމުގެ ފަރާތުން މައުލޫމާތު ދެއްވާގޮތުގައި މި ވެބްސައިޓް ވެގެންދާނީ މިލަދޫގެ ހުރިހާ ހުނަރުވެރީންގެ ހުނަރު މުޅިދުނިޔެޔަށް ހާމަކޮށްދިނުމުގެ ނާރެހަށެވެ. އަދި ލިޔުންތެރިންގެ ލިޔުންތަކާއި އެކި ދާއިރާތަކުގެ ހުނަރުތަށް ރައްކާތެރިކަމާއެކު ޙައްޤުވެރީންގެ ނަމުގައި ޙިއްސާކުރެވޭ މިލަދޫގެ މޫނުމައްޗަށެވެ.

Like
Like Love Haha Wow Sad Angry
2
އިތުރަށް ކިޔާލުމަށް

ޚިޔާލް ފާޅުކުރަށްވާ

2 ކޮމެންޓް
  1. Moosa

    މަރްޚަބާ މިލަދޫ!!!!

  2. މާއްޓޭ

    ހަބު