ހޮޅުދޫގައި ފުޓްސަލް މުބާރާތެއް ފަށަނީ

މުސާ އިންވިޓޭޝަނަލް ފުޓްސަލް ޓޯނަމަންޓް 1 ގެ ނަމުގައި ނ.ހޮޅުދޫގައި ފުޓްސަލް މުބާރާތެއް ކުރިޔަށްގެންދަން ނިންމައިފިއެވެ. މައި ޔުޓައިލް ސްޕޯޓްސް އެކަޑަމީ އަކީ ސްކޫލްކުދިންނަށް ކުޅިވަރު ދަސްކޮށްދިނުމަށާއި ކުރިއެރުވުމަށް ހޮޅުދޫގައި ގާއިމް ކޮށްފައިވާ ހިންގުންތެރި އެކަޑަމީއެކެވެ. ކުޅިވަރު ކުރިއެރުވުމަށް އަގުހުރި މަސައްކަތްތަކެއް ކުރަމުން އަންނަ “މައި ޔުޓައިލް ސްޕޯޓްސް އެކަޑަމީ” މުސާ އިން މަޢުލޫމާތު ދެއްވާގޮތުގައި މިމުބާރާތް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 15 އިން 22 އަށް ހޮޅުދޫގައެވެ. މުސާ އިން ފާހަގަކުރައްވާ ގޮތުގައި މިއީ އެކަޑަމީއަށް ދޮޅުއަހަރު ފުރުމާއި ގުޅުވާލައިގެން މިއަތޮޅުގެ ރިސޯޓުތަކުގައި މަސައްކަތް ކުރާ ޒުވާނުންނަށް ކުޅިވަރު ފުރުޞަތުތައްގެއްލިފައިވާތީ އެފަރާތްތަކަށް ޚާއްސަކޮށް ބާއްވާ މުބާރާތެކެވެ. މީގެ އިތުރުން މިމުބާރާތުގައި ވާދަކުރާ ނ.މިލަދޫ ޓީމަށް އެފުރުޞަތުދީފައިވަނީ އެކަމަށް ނ.މިލަދޫ ޓީމުން އެދިފައިވާތީ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

މީގެ އިތުރުން ހަމަ މިޓައިޓަލްގެ ދެވަނަ މުބާރާތެއް މިއަންނައަހަރު ބޭއްވުމަށް މަސައްކަތް ކުރައްވާ ކަމަށާއި އެމުބާރާތް ވެގެންދާނީ މުޅި ނ.އަތޮޅަށް ހުޅުވާލެވިގެން ބޭއްވޭ މުބާރާތެއްކަމަށްވެސް އޮފިޝަލް ފާހަގަކުރެއްވިއެވެ.

މިމުބާރާތުގައި މިހާތަނަށް 7 ޓީމް ބައިވެރިވެފައިވެއެވެ. ބައިވެރިވެފައިވާ ޓީމްތަކަށް ބަލާއިރު ސޮނެވާ ޖަނީ، ޝިވަލް ބްލާންޗް ރަންދެލި، ނ.މިލަދޫ، ބާފާ، ބޭސް، އެޗް.އެސް.ސީ އަދި ދަސިޓީ ހިމެނެއެވެ. މީގެތެރޭން ނ.މިލަދޫ ފުޓްސަލް ޓިމަކީ އެންމެފަހުން ނ.އަތޮޅަށް ހުޅުވާލައިގެން ނ.ލަންދޫގައި ކުރިޔަށްގެންދިޔަ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމެވެ.

މުސާ އިން ވާހަކަދެއްކެވި އޮފިޝަލް ވިދާޅުވީ މުބާރާތުގެ ގުރުއަތުލުން މިމަހުގެ 5 ވަނަދުވަހުގެރޭ އޮންނާނެ ކަމަށާއި މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ފައިސާގެ އިނާމުގެ ގޮތުގައި ދިހަހާސްރުފިޔާ ހުށައަޅާފައިވާކަމަށެވެ. މީގެ އިތުރުން މި މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް މުސާ އިން ހަމަޖައްސާފައިވަނީ ވީމީޑިއާއެވެ.

ޚިޔާލު ފާޅުކުރަށްވާ