މައްސަލަތައް ޙައްލުކޮށް އެމްބިއުލާންސްގެ ޚިދުމަތް އަލުންފަށާނަން – މިލަދޫ ސިއްޙީމަރުކަޒު

މިލަދޫ ސިއްޙީމަރުކަޒު ހުޅުވިފަހުން އެންބިއުލާންސްގެ ޚިދުމަތުގެ ފަސޭހަކަން ރައްޔިތުންނަށްއިހްސާސްކުރެވުނުނަމަވެސް އެކިއެކި މައްސަލަތަކާއެކު މިލަދޫ ރައްޔިތުންނަށް އެމބިއުލާންސްގެ ޚިދުމަތް އެދެވޭގޮތުގައި ނުލިބޭތާ މިވަނީ ފަސްވަރަކަށް އަހަރުވެފައެވެ. މި މުއްދަތުގެ ތެރޭގައި ރައްޔިތުން ބަލިމީހުން އުފުލާފައިވަނީ ވަރަށް ދަތިހާލުގައެވެ. މިގޮތުން ބަރޯ އަތްގާޑިޔާ އަދި ފަތްޖެހި އެނދުފަދަ ތަކެތީގައި ސިއްޙީ މަރުކަޒަށް ބަލިމީހުން އުފުލާފައިވެއެވެ. މިޙާލަތަކީ ރާއްޖޭގެ ގިނަ ރަށްރަށުގެ ޢާއްމު ޙާލަތެވެ.

ނ.މިލަދޫ ސިއްޙީމަރުޒުގެ އޮފިޝަލަކު މިލަދޫ އަށް މަޢުލޫމާތުދެއްވަމުން ވިދާޅުވީ އެންބިއުލާންސް މަރާމަތުކުރުމަށް ބަޔަކާ ޙަވާލުކުރެވިފައިވާކަމަށާއި ތިރީސް ދުވަހުގެ ތެރޭގައި އެންބިއުލާންސްގެ ޚިދުމަތް އަލުންފެށޭނެކަމަށް އުއްމީދުކުރައްވާކަމުގައެވެ. މިލަދޫ އަށް ކަށަވަރުވެފައިވާ ގޮތުގައި މިހާރު އެންބިއުލާންސްގެމަރާމާތުގެ ކަންކަން ނުނިމި ލަސްވަނީ ސިލޯނުން ބައެއް ސްޕެއަރ ގެނެސްގެން ނޫނީ ޙައްލުނުކުރެވޭ ބައެއްކަންކަން ހުރުމުން އެތަކެތި ނުގެނެވިގެންނެވެ. މިލަދޫން އިތުރަށް ބެލިބެލުމުން މި މަސައްކަތް ޙަވާލުކުރެވިފައިވަނީ ޕީ.އައި މޯލްޑިވްސް ކިޔާ ކުންފުންޏަކާކަންވެސް އެނގިފައިވެއެވެ.

ޚިޔާލު ފާޅުކުރަށްވާ