ރަށް ސާފުކުރަން ނިކުންނަނީ! މިފަހަރުވެސް ހޮނިހިރު.

1438 ވަނަ އަހަރުގެ އަޟުހާ ޢީދައް ތައްޔާރުވުމަށް، ރަށް ސާފުކުރުމުގެ ކެމްޕެއިންގެ ތެރެއިން ދެވަނަދުވަސް 5 އޮގަސްޓް ވާ ހޮނިހިރު ދުވަހު ކުރިޔަށް ގެންދިއުމަށް ޢީދާގުޅޭ އެނެމެހާ ކަންކަން ރާވާ އިންތިޒާމުކުރާ ކޮމިޓީން ނިންމައިފިއެވެ. ރަށް ސާފުކުރުމުގެ ކެމްޕެއިންގެ ފުރަތަމަދުވަހުގެ ހަރަކާތުގައިވެސް ރައްޔިތުންގެ ވަރަށްފުރިހަމަ އެއްބާރުލުމެއް ލިބިފައިވާކަމަށް ޢީދުކޮމެޓީން މަޢުލޫމާތު ދެއްވައެވެ. މިލަދޫ އަށް މަޢުލޫމާތުދެއްވަމުން އީދުކޮމެޓީގެ މީޑިއާ އެންޑް ޕަބްލިސިޓީ ޓީމްގެ ފަރާތުން ނަސްރު ވިދާޅުވީ ސާފުފުކުރުމުގެ ކެމްޕެއިންގެ ފުރަތަމަ ދުވަހު ރަށުގެ ހުރިޙ މުއައްސަސާތަކާ، ވިޔަފާރިވެރިންނާއި ގިނަ ޢަދަދެއްގެ ބިދޭސީންގެ އެހީތެރިކަން ލިބިފައިވާތީ ޢީދުކޮމިޓީން އެފަރާތްތަކަށް ޝުކުރުދަންނަވާކަމުގައެވެ. މީގެ އިތުރުން މިއަންނަ ހޮނިހިރުގައިވެސް ހުރިހާ ރައްޔިތުންނާއި މުއައްސަސާތަކުންވެސް ކުރިން ދެއްކެވި ރޫޙް ދެއްކެވުމަށް ކޮމެޓީން ނުހަނު އަދަބުވެރިކަމާއެކު އެދޭކަމަށްވެސް ނަސްރު ވިދާޅުވިއެވެ.

ސާފްކުރުމުގެ ހަރަކާތުގައި މިލަދޫގެ ކުދި ބޮޑު ގިނަ ފިރިހެން ބޭކަލުން ބައިވެރިވި

މިލަދޫ އަށް އެނގިފައިވާގޮތުގައި މިއަންނަ ހޮނިހިރުދުވަހުވެސް މަސައްކަތްފަށާ ގަޑި އަކީ ހެނދުނު 7:30 ކަމުގައި ހަމަޖެއްސުމަށް ޢީދުކޮމެޓީން ވަނީ ނިންމަވާފައެވެ. ހޮނިހިރު ދުވަހުގެ ހަރާކާތަށް ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން މިލަދޫ އިން ސުވާލުކުރުމުން ނަސްރު ވިދާޅުވީ ސާފުކުރުމުގެ ހަރަކާތުގެ އެކިކަންކަން ހަމަޖެއްސުމަށް ސަބްކޮމިޓީތަކެއް އެކުލަވާލައި އެކޮމިޓީތަކުން ފުރިހަމަޔަށް ތައްޔާރުވަމުންދާ ކަމުގައެވެ.

މިސާލަކަށް އިންޓަވަލް އެއީ އެއްކަމެއް. މުޅިދުވަހުގެ އިންޓަވަލްގެ ކަންކަން ސަބްކޮމިޓީން ބަލަހައްޓައިދެއްވާނެ. އެކަމަށް ބޭނުންވާ ބަޖެޓަށް ފަންޑް ހޯދުމުގައި އިސްކޮށް އުޅުއްވަނީ ޙަސަން މުޙައްމަދު(ދޮނޭ). އެބޭފުޅާ ވަރަށްބާރަށް އެކަން ކުރިޔަށް އެބަ ގެންދަވާ. ދެން އެހެންހުރި ހުރިހާ ކަމަކަށްވެސް ކޮމިޓީން ދަނީ ތައްޔާރުވަމުން. ނަސްރު ތަފްސީލު ކޮށްދެއްވިއެވެ.

މިލަދޫ އަށް އެނގިފައިވާ ގޮތުގައި ސާފްކުރުމުގެ ޙަރަކާތް ކުރިޔަށް ދިޔަގޮތާއި މެދު ރަށުގެ ހުރިހާ ރައްޔިތުންވެސްވަނީ ވަރަށް ހިތްހަމަޖެހިފައެވެ. އިތުރު ދުވަހެއް ހަމަޖައްސައިފިނަމަ އިތުރު ޖޯޝާފޯރީގައި ކުރިޔަށްދާނެކަމަށް ވަރަށްގިނަ ރައްޔިތުން ބުނެފައިވެއެވެ. ސާފުކުރެވިފައިވާ ސަރަޙައްދަށް މިލަދޫ ގެ ނޫސްވެރިން ގޮސް ބެލިބެލުމުން ވަރަށްފުރިހަމަޔަށް މަސައްކަތްކޮށްފައިވާކަން ވަނީ ފާހަގަކުރިވަފައެވެ.

ނ.މިލަދޫ އަކީ މުޅި އަތޮޅުތެރޭގައިވެސް އެންމެ ފޯރިއާއެކު ރަށު ފެންވަރުގައި ޢީދު ފާހަގަ ކުރާ ރަށެވެ. މި ރަށުގެ ޢީދު މަޖަލުގައި ބައިވެރިވުމަށްޓަކައި އަތޮޅުގެ ބައެއް ރަށްރަށުންވެސް މިލަދޫ އަށް އަންނަކަން މީ އުފަލާއެކު މިލަދޫގެ ރައްޔިތުން ފާހަގަ ކުރާކަމެކެވެ.

އިތުރަށް ކިޔާލުމަށް

ޚިޔާލް ފާޅުކުރަށްވާ