ފުރުޤާން މިސްކިތުގައި ނައްޓާފައި ހުރި މުށިތައް އަލުން ޖަހާނެ ބަޔަކު ހޯދަނީ

މިލަދޫ މަސްޖިދުލް ފުރުޤާން ގައި ނައްޓާފައި ހުރި މުށިތައް އަލުންޖަހާނެ ފަރާތެއް ހޯދަން ބޭނުންވެގެން ޢިއުލާން ކޮށްފިއެވެ.

މިމަހު 4 ވަނަދުވަހު މިލަދޫ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވާގޮތުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 12ވަނަދުވަހުގެ 11:00 ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް އެދިފައި ވެއެވެ. އަދި މިމަހުގެ 19 ވަނަދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުމަށްވެސް އެދިފައިވެއެވެ.

މިލަދޫ ކައުންސިލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާން ކޮށްފައި މިވަނީ މިމުށިތައް ނައްޓާފައި ހުންނަތާ 4 ވަރަކަށް އަހަރު ފަހުންކަން ފާހަގަ ކުރެވެއެވެ.

އަދި ރައްޔިތުންގެ މަޖްލީހުގެ ހޮޅުދޫދާއިރާގެ މެމްބަރު ޔޫނުސް ޢަލީ އިސްލާމިކު މިނިސްޓްރީގެ ޓީމަކާ އެކު ޒިޔާރަތް ކުރަށްވާ މިސްކިތުގެ ޙާލަތު ބައްލަވާފައި ވަޑައިގެންނިވިތާ މާގިނަދުވަސް ނުވަނީސްކަން ފާހަގަ ކުރެވެއެވެ.

Like
LikeLoveHahaWowSadAngry
21

ކިޔުންތެރިންގެ ހިޔާލު

avatar
900