ފަރުޟު ނަމާދުތަކުގެ ސަޖިދާގައި ކިޔޭނީ ހަމައެކަނި ސުންނަތުން ސާބިތުވާ ދުއާ އެކަނިތޯ؟

ސަޖިދައަކީ ދުޢާ އިޖާބަ ކުރެއްވުން ގާތް ވަގުތެއް ކަމުގައި ވާތީ އެ ވަގުތުގައި ގިނައިން ދުޢާ ކުރުމަށް ކައު އިތުރު ނަބިއްޔާ صلى الله عليه وسلم ވަނީ އިރްޝާދު ދެއްވާފައެވެ. އަދި ވަކި ދުޢާއެއް ކުރުމަކަށް ނާންގަވައެވެ. ވީމާ، ސަޖިދާގައި ކިޔާ ތަ ސްބީޙަތަކުން ތަ ސްބީޙައެއް ކިޔުމަށް ފަހުގައި ދެން ދެ ދުނިޔޭގެ ލާބައާއި މަންފާއަށްޓަކައި ވާ ކޮންމެ ދުޢާ އެއްވެ ސް ކުރެވިދާނެއެވެ. އެކަލޭގެފާނުން އަންގަވާފައި ވަނީ އެފަދައިން ނެވެ. ކީރިތި ޤުރްއާނާއި މޫރިތި ސުންނަތުގައި އައިސްފައިވާ ދުޢާތައް ޝައްކެއް ނެތް ގޮތުގައި މާތް ވެފައި ފުރިހަމަ ވެގެން ވެއެވެ.

ނަމަވެ ސް، މީހަކު އަމިއްލަ ކަމަކަށް އެދި ދަންނަވަން ބޭނުން ވެއްޖެ ނަމަ ނަމާދުގައި ސަޖިދަ އާއި އައްތަޙިއްޔާތުގައި ސަލާމް ދިނުމުގެ ކުރިން އެމީހަކު ބޭނުން ދުޢާއެއް ކުރެވިދާނެއެވެ. ނަމަވެ ސް، ޝަރްޠަކީ އެ ދުޢާ ކުރަން ޖެހޭނީ ޢާރަބި ބަހުންނެވެ. ނަމާދަކީ އޭގެ ހަރަކާތާއި ކިޔޭ ޛިކްރުތަކާއި ހުރިހައި ކަމެއް ބާވައި ލެއްވިފައިވާ ކަމެކެވެ. ވީމައި އެހެން އެއްވެ ސް ބަހަކުން ނަމާދުގެ އެތެރޭގައި އެއްޗެއް ކިޔައި ދެންނެވުމަކީ ހުއްދަ ކަމެއް ނޫނެވެ.

Like
LikeLoveHahaWowSadAngry

ކިޔުންތެރިންގެ ހިޔާލު

avatar
900