ނ.އަތޮޅު ހޮސްޕިޓަލުގައި ކެންސަރަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް ފަށަނީ!

ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އާއި ނ.އަތޮޅު ހޮސްޕިޓަލް ގުޅިގެން ކެންސަރަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް ހިންގާ ގޮތަށް ހަމަޖެހިއްޖެއެވެ.

މިޕްރޮގްރާމް ފެށުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 24 ވާ ހޮނިހިރު ދުވަހުއެވެ. މި ޕްރޮގްރާމްގައި ސްކްރީން ކުރާނީ އަނގައިގެ ކެންސަރަށާއި އުރަމަތީގެ ކެންސަރަށެވެ. ޕްރޮގްރާމުގައި ބައިވެރި ވެވޭނީ 18 އަހަރުން މަތީގެ ބޭފުޅުންނަށް އެކަންޏެވެ.

miladhoo.com
އަތޮޅު ހޮސްޕިޓަލްގައި ކުރިއަށް ގެންދިޔަ ހާއްސަ ހަރަކާތުގެ ތެރެއިން – ފޮޓޯ: އަތޮޅު ހޮސްޕިޓަލް

މި ސްކްރީނިންގ ޕްރޮގްރާމްގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ މި ނޮވެމްބަރު މަހުގެ 5 ވަނަދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހާ ހަމައަށެވެ. މި ޕްރޮގުރާމުގައި ބައިވެރި ވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީ ދުވަސްތަކު މެންދުރު ފަހު 14:00 ގެ ކުރިން ނ.އަތޮޅު ހޮސްޕިޓަކުގެ 6560037 ނަމްބަރު ފޯނަށް ގުޅުއްވައިގެން ނަންނޯޓުކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

ނ.އަތޮޅު ހޮސްޕިޓަލަކީ މިފަދަ ސިއްޙީ ހިދުމަތްތައް ކުރިއެރުވާ މީހުން ހޭލުންތެރި ކުރުވުމަށް ޚާއްސަ ހަރަކާތްތައް ހިންގަމުން އަންނަ ހޮސްޕިޓަލެކެވެ. އެގޮތުން މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މިމަހުގެ 4 ވީ އާދީއްތަ ދުވަހާއި ހަމައަށް ވަނީ ލޮލުގެ ނަންބަރު ނަގައި ދިނުމުގެ ޕްރޮގުރާމެއްވެސް ކުރިޔަށް ގެންގޮސްފައެވެ.

Like
LikeLoveHahaWowSadAngry

ކިޔުންތެރިންގެ ހިޔާލު

avatar
900